މެމްބަރު ރިޒާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން މިއަދު އިސްލާމީ މަރުކަޒުގައި

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން މިއަދު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ. ރިޒާ އަވަހާރަވީ މިމަހުގެ 22 ވަނަ ދުވަހުގެ...

24 Feb 2023 | 06:22

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން މިއަދު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

ރިޒާ އަވަހާރަވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގައި އެވެ. ރިޒާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު ހެނދުނު އެވެ.

ރިޒާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު އެވެ. އިސްލާމީ މަރުކަޒުގެ އިތުރުން ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތައް ކަމަށްވާ ކ. މާފުށި، ގުރައިދޫ އަދި ގުޅީގައިވެސް ކުރާނެ އެވެ.

ރިޒާ މަޖިލީހުގެ މެމްބަރުކަން 14 އަހަރު ކުރައްވާފައި އެވެ އެވެ. ރިޒާ ތިން ދައުރުގައިވެސް ކުރައްވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު ކަމެވެ.

އެންމެ ފުރަތަމަ މެމްބަރުކަން ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 އިން 2019 އަށް މަސައްކަތް ކުރެއްވި އެވެ.

އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އަވަހާރަވިއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދައުރު ނިމެން އޮތީ އަހަރެއްހާ ދުވަހެވެ.

މެމްބަރު ރިޒާ އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުން ދަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް