އަތޮޅުތެރޭގައި މިވަގުތު ކޯވިޑް ފެތުރެމުން ދަނީ19 ރަށެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން ކޯވިޑް ފެތުރޭތީ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނަޔަސް އަރައި ފޭބުން މަނާ ނުވާނެ ކަމަށެވެ. އަދި ރަށްތަށް މޮނިޓަރިންއަސް ލުމުގެ ބަދަލުގައި މިއަދުން ފެށިގެން ކިޔުމަށް ނިންމާފައިވަނީ ބަލިފެތުރޭ ނުވަތަ އައުޓްބްރޭކް ހުރި ރަށްރަށެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން މިވަގުތު ކޯވިޑް ފެތުރެމުން ދަނީ19 ރަށުގެ ތެރެއިން އެންމެ ގިނަ ދުވަސް ވެފައިވަނީ ހއ. އިހަވަންދޫ އެވެ. އެ ރަށުގައި ކޯވިޑް ފެތުރޭކަމަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ31 ވަނަ ދުވަހު އެވެ.
އެ ރަށް ފިޔަވާ ހުރިހާ ރަށެއްގައި ބަލި ފެތުރޭ ކަމަށް ކަނޑައަޅާފައިވަނީ މިއަހަރު ތެރޭގައި އެވެ. އެންމެ ފަހުން ބަލި ފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހދ. މަކުނުދޫ އާއި ނޮޅިވަރަމް އަދި ހއ. ހޯރަފުށްޓެވެ.
އަތޮޅު ތެރޭގެ ކޯވިޑް ހާލަތަށް ބަލާއިރު އިއްޔެ އެކަނިވެސް862 މީހުން ކޯވިޑް ޕޮސިޓިވްވެފައިވެ އެވެ. އެ އަދަދު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު އަދަދު ވަނީ 167،000 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް