ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފި

ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި 2015 ވަަނަ އަހަރު ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މަރުގެ މައްސަލައިގައި، ދައުވާ ކުރާ ލ.ގަން/ ރެޑްފިޝް، އަލީ ހަމްޒާ، ކޯޓުގެ ހުރުމ...

24 Feb 2022 | 13:31

ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި 2015 ވަަނަ އަހަރު ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މަރުގެ މައްސަލައިގައި، ދައުވާ ކުރާ ލ.ގަން/ ރެޑްފިޝް، އަލީ ހަމްޒާ، ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ހަމްޒާގެ މައްޗައް 15 ދުވަހުގެ ޖަލު ހުކުމެއް ކުރީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ބާންދް ޝަހުމިޔާގެ ފިރިހެން ދަރިފުޅުގެ ބަސް ނަގާ ނިމުމުން، ހަމްޒާ ވާހަކަ ދައްކަން ފަށައި ހުތުރުބަސް ބޭނުން ކުރުމުންނެވެ.

އެހެންކަމުން ޝަރީއަތުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި، ގާޒީ އަލީ އާދަމް ވަނީ ހަމްޒާގެ މައްޗައް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިއަދުގެ އަޑު އެހުމުގައި، ބާންދް ޝަހުމިޔާގެ ވާރިސުން ބުނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ.

މި މައްސަލައަކީ ބަންގްލަދޭޝަށް ނިސްބަތްވާ ބާންދު ޝަހުމިޔާ  ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ނިދާފައި އޮއްވައި، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުނޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ޖޫން 9، 2015 ވަނަ ދުވަހުގެ 22:00 އެހާކަންހާ އިރު، ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް