ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަން އެމްޓީސީސީން ތައްޔާޜު ވެއްޖެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް އެ ކުންފުނީގެ ބަސް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެމްޓީސީސީން ބުނީ ސީދާ ބަސްދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މުޅިން އާ ބަސް ރޫޓެއް ކަމަށްވާ ރޫޓް ހަތަކުންނެވެ.
އެ ކުންފުނިން ބުނީ މި ރޫޓު ދަތުރު ކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދެ ވަނަ ބަސް ސްޓޮޕުން ކަމަށާއި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕަށް ކަމަށެވެ. އަދި މާލޭގެ އެހެން ބަސް ސްޓޮޕްތަކަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބަސް ސްޓޮޕަށް މަޑު ކުރާނެ ކަމަށް ބުނެ އެވެ.
މި ދަތުރުގެ އަގަކީ15 ރުފިޔާ އެވެ.
މި ބަސް ދަތުރުތަކާއި އެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާންމުންނަށް ދިމާވަމުންދާ ދަތިިތަކަށް ހައްލެއް ލިބޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް