ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، އެގައުމަށް އަރާފައިވާ ރަޝިއާ ސިފައިން ދިން ހަމަލާގައި ޔޫކްރެއިންގެ ވެރިރަށް ކެއިވްއިން އަށް މީހުން މަރުވި ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިއާއިން ޔޫކްރެއިންގެ ދޮންބަސް ސަރަހައްދުން އެ ގައުމަށް ބަރު ހަތިޔާރާއި އެކު އެރީ ރޭގެ ވަގުތެއްގައި އެވެ. ރަޝިއާއިން ބުނީ އެ ގައުމުގެ އަމާޒަކީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުން ކަމަށެވެ.
އެ ގައުމަށް އެރުމަށް ފަހު ދިން ހަމަލާތަކުގައި ކެއިވްއިން އަށް މީހުން މަރުވެ ނުވަ މީހުން ޒަހަމްވެފައިވެ އެވެ.
މި ވާހަކަ އާއި ގުޅިގެން ރަޝިއާއިން ބުނީ އެމީހުންގެ އަމަލާތަކަކީ އާންމުންނާއި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކާއި ސިޓީތަކަށް އަމާޒުކޮށްދޭ ހަމަލާތަކެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރަޝިއާއިން ވަނީ ޔޫކްރެއިން އާއި ނޭޓޯ ސިފައިން ތިބި ސަރަހައްދެއްގައި އަސްކަރީ ފަސް މަތިންދާ ބޯޓާއި ހެލިކޮޕްޓަރެއް ވައްޓާލާފައި އެވެ. މި ވާހަކަތައްވެސް ރަޝިއާއިން ވަނީ ދޮގުކޮށްފަ އެވެ.
ރަޝިއާއިން މީގެ ކުރިން ބުނެފައިވަނީ އެގައުމުން ޔޫކްރެއިންއަށް ހަމަލާ ދޭން ނޫޅޭ ކަމަށާއި ބޯޑަރު ސަރަހައްދުގައި ހިންގަމުންދަނީ އަސްކަރީ ތަމްރީންތަކެއް ކަމަށެވެ.
އެކަމަކު ޔޫކްރެއިންނާއި ނޭޓޯ ސިފައިން ބުނަމުންދަނީ ތަމްރީނެއް ހިންގުމަށް އެއްލަކައަށްވުރެ ގިނަ ސިފައިން ބޯޑަރު ކައިރިއަށް ޖަމާކޮށް ބަރު ހަތިޔާރު އެ ސަރަހައްދަށް ޖަމާ ކުރުމުގެ މާނައެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް