އެމްއެމްޕީއާރުސީ މައްސަލައަކީ މިސަރުކާރަށް ބެލޭނެވަރަށްވުރެ ސަރުކާރާއި މާ ގާތްކަމެއް އޮތް މައްސަލައެއް: ސައީދު

އެމްއެމްޕީއާރުސީ މައްސަލައަކީ މިސަރުކާރަށް ބެލޭނެވަރަށްވުރެ ސަރުކާރާއި މާ ގާތްކަމެއް އޮތް މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދ...

24 Feb 2022 | 10:25

އެމްއެމްޕީއާރުސީ މައްސަލައަކީ މިސަރުކާރަށް ބެލޭނެވަރަށްވުރެ ސަރުކާރާއި މާ ގާތްކަމެއް އޮތް މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރުސީގެ ތަޙްޤީޤް އެކަށީގެންވާގޮތެއްގައި ކުރެވި ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީންގެ ދައުރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ މިސަރުކާރުން ވަނީ އެމްއެމްޕީއާރުސީ އާއެކު ކޯލިޝަން ހަދާފައިވާކަމަށާއި މިއަދުސަރުކާރު ނަގަހައްޓައި ހިފަހައްޓަމުންދަނީ ވެސް އެމްއެމްޕީއާރުސީން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ވާހަކަ ސަރުކާރުން ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުން ދައްކަމުންދަނީ އެޕާޓީގެ އިންތިޚާބުތަކާއި ގުޅުވައިގެން ސިޔާސީ މަޤްސަދެއްގައިކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤް ކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރސް ކޮންޓެކްޓް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

https://twitter.com/MohamedNasheed/status/1496695183341416448

ރައީސް ނަޝީދު މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން އެކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރެވި ލަސްވާތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން ބަލައި އެކަމުގައި ބައިވެރިވުން އޮތްކަމަށް ބުނާ މީހުންގެ ލިސްޓެއް ޢާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި މިސަރުކާރުގައި އިސްކޮށް އުޅުއްވާ ބައެއް ވަޒީރުންނާއި އެނޫން ވެސް ބައެއް ބޭފުޅުން ހިމެނެއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވި އަނެއްބައި މީހުންނަށް ދައުވާ ނުކޮށް އޮތުމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ދަނީ ބޮޑުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް