ސްޓެލްކޯ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ހަވީރެއް މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މި އަހަރުގެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އަޅައި، އެ ކުންފުނިން ހިންގާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް މާދަމާ ހުޅުމާލޭގެ ސެންޓްރަލްޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްޓްެލެކޯ އިން ބުނީ މާދަމާގެ ކުޑަކުދިންގެ ހަވީރުގައި ކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާއެކު ކުޅިވަރުތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރޮބޯމޭންގެ ހުށަހެޅުންތަކާއި، އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ސްޓްލްކޯއިން ހާމަކުރެއެވެ.
ތަފާތު ޝައުގުވެރި އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާގެ ހަވީރު 16:30 އިން 18:30 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް