ކ. މާފުށީ އިންޖީނުގޭގައި ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މި މަޝްރޫއަކީ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް، ހުރިހާ އިންޖީނުގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އަވިން ކަރަންޓް އުފައްދާ، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ މަގްސަދުގައި ހަރުކުރެވޭ ސޯލާއެއްކަމަށް އެ ކުންފުނިން އިތުރަށް ބުނެއެވެ.
އެ ކުންފުނިން ބުނީ، މާފުށީ އިންޖީނުގޭ ފުރާޅުގައި ހަރުކުރާނީ 33.48kWpގެ ރޫފްޓޮޕް ސޯލާ ކަމަށެވެ.
ސްޓެލްކޯ އިން ދަނީ އދ. ކުނބުރުދޫ އިންޖީނުގޭ ފުރާޅުގައިވެސް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެރަށު އިންޖީނުގޭގެ ފުރާޅުގައި ހަރުކުރަނީ 21.7kWpގެ ސޯލާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް