ހުޅުމާލޭ ފޭސް 2 އަކުން މާލެއަށް ސީދާ ބަސްދަތުރުތައް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރިޔަށް ދާނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާރޗު 2 އިން ފެށިގެން މާލެއާއި ހުޅުމާލެއާއި ދެމެދު ޑައިރެކްޓް ބަސްދަތުރުތައް އޮންނާނެކަމަށެވެ. އަދި އެ ރޫޓުގައި ބަސްތައް ދަތުރުކުރާނީ ޓްރެފިކަށް ބަލާ ކޮންމެ ގަޑިއިރަކުން ކަމަށާއި، ނަމަވެސް އަންނަ ޖުލައިމަސް ނިމެންވާއިރަށް ބަސްދަތުރުތައް 15 މިނެޓަށް ބަދަލުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ ކުރިން މާލެއިން ސީދާ ފޭސް ދެއަކަށް ބަހުގެ ހިދުމަތެއްއް ނޯވެއެވެ. މާލެއިން ފޭސްދެއަކަށް ދާނަމަ ޖެހެނީ މާލެއިން ހުޅުމާލެއަށް ފޭބުމަށްފަހުން ހުޅުމާލެއިން ބަހުގައި ފޭސް ދެއަކަށް ދާށެވެ. މިކަމާއި ގުޅިގެން އާންމުންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް