ރަޝިއާއިން ހަމަލާތައް އަމާޒު ކުރަނީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް!

ރޭގެ ވަގުތެއްގައި ޔޫކްރެއިންގެ ދޮންބަސް ރީޖަންއަށް އަރާފައިވާ ރަޝިއާ ސިފައިންގެ އަމާޒަކީ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުން ކަމަށް ބުނެފި އެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީ ބުނީ އެ ގައު...

24 Feb 2022 | 06:14

ރޭގެ ވަގުތެއްގައި ޔޫކްރެއިންގެ ދޮންބަސް ރީޖަންއަށް އަރާފައިވާ ރަޝިއާ ސިފައިންގެ އަމާޒަކީ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުން ކަމަށް ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީ ބުނީ އެ ގައުމުގެ ސިފައިންގެ ހަމަލާތައް އަމާޒު ކުރާނީ އަސްކަރީ މަރުކަޒުތަކާއި ޔޫކްރެއިންގެ ފެންވަރު ރަނގަޅު ހަތިޔާރު ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުން ކަމަށެވެ. އަދި އެހެން މުހިންމު ހާއްސަ އަސްކަރީ މަރުކަޒުތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ވައިގެ މަރުކަޒާއި، އަސްކަރީ ވައިގެ އުޅަނދުތައް ބޭނުންކުރާ ބޭސްތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ރަޝިއާއިން ބުނަމުންދަނީ އެގައުމުން ޔޫކްރެއިންއަށް ހަމަލާ ދޭން ނޫޅޭ ކަމަށާއި ބޯޑަރު ސަރަހައްދުގައި ހިންގަމުންދަނީ އަސްކަރީ ތަމްރީންތަކެއް ކަމަށެވެ.

އެކަމަކު ޔޫކްރެއިންނާއި ނޭޓޯ ސިފައިން ބުނަމުންދަނީ ތަމްރީނެއް ހިންގުމަށް އެއްލަކައަށްވުރެ ގިނަ ސިފައިން ބޯޑަރު ކައިރިއަށް ޖަމާކޮށް ބަރު ހަތިޔާރު އެ ސަރަހައްދަށް ޖަމާ ކުރުމުގެ މާނައެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް