ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮތް ޔޫކްރެއިންގެ އިރުމަތީ ބައެއް ސިޓީތަކުގެ ވައިގެ ދަތުރުފަތުރު މެދުކަނޑާލައި އެއާޕޯޓުތައް ވަގުތީގޮތުން ބަންދު ކުރަން ފަށައިފި އެވެ.
ޔޫކްރެއިންގެ އޭވިއޭޝަން އޮތޯރިޓީން ބުނީ އެ ގައުމުގެ ވައިގެ ބައެއް ސަރަހައްދުތައް މިވަގުތު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.
އެހެންވެ ރޭ މެންދަމުން ފެށިގެން އިރުމަތީ ސިޓީތަކުގެ އާންމު ދަތުރުފަތުރަށް ވައިގެ ސަރަހައްދު ބަންދު ކުރަން ނިންމީ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ ހަފްތާގައި އެ އޮތޯރިޓީން ވަނީ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުން ދަތުރު ކުރާ ފްލައިޓުތަކުގެ ޕައިލެޓުން ފްލައިޓުތަކުގެ ކޮންޓްރޯލް ރަޝިއާއިން ނަގާފާނެ ކަމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރަޝިއާ އާއި ގުޅޭ ބޯޑަރު ސަރަހައްދުގައި ހިމެނޭ ސިޓީތަކުގެ ވައިގެ ދަތުރުފަތުރު މެދުކަނޑާލާފައި މިވަނީ ރަޝިއާއިން އެ ގައުމަށް އަރާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް