މާލެ އާއި ވިލިމާލޭގައި ހިންގުމަށް ކަނޑައެޅިފައިވާ ތަރައްޤީގެ ޕްރޮގްރާމް ތަކަށް އިންވެސްޓްކުރުމަށް އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައި އިއުލާނެއްގައި ބުނީ މި ނިންމުން ނިންމައިފައިވަނީ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ޖަލްސާގައިކަމަށެވެ.
މި ޕްރޮގްރާމްގެ އެކި މަޝްރޫޢުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މާލެ ސިޓީ ތަރައްޤީ ކުރުމަށް ހުޅުވާލާ ވަކި ވަކި ޕްރޮގްރާމްތަކަށް އިޢުލާން ކުރުމުން ޕްރޮޕޯސަލް ހުށަހަޅުއްވައިގެން ކުރިޔަށް ގެންދިއުން އެދެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ތަރައްގީ ކުރުމަށް މާލެސިޓީ ކައުންސިލް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިއަހަރު ފެށުނު ދުވަހު ސިޓީ ކައުންސިލުން ވަނީ 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ސިޓީ ކައުންސިލުން ވަނީ 180 ކަދުރު ރުކުގެ އިތުރުން 320 މޭވާ އަޅާ އެކިވައްތަރުގެ ގަސް ހިމެނޭހެން ޖުމުލަ 500 ގަސް ހޯދަން އިއުލާނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް