ޑޮކްޓަރަށް ދެއްކުމަށްޓަކައި ރައީސް ނަޝީދު މާލެ ގެނެސްފި

ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ގެނައުމަށްފަހު އަނބުރާ ދޫނިދުއަށް ގެންގޮސްފި އެވެ. ދުވަހަށް މައޫލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު މާލެ ގެނައީ މިއަދު 2:30 ހާއިރު ...

24 Feb 2015 | 10:23

ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ގެނައުމަށްފަހު އަނބުރާ ދޫނިދުއަށް ގެންގޮސްފި އެވެ.

ދުވަހަށް މައޫލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު މާލެ ގެނައީ މިއަދު 2:30 ހާއިރު އެވެ. ރައީސް ނަޝީދު ގެންދިޔައީ މެޑިކާ ހޮސްޕިޓަލަށެވެ. އަނބުރާ ދޫނިދޫއަށް ގެންދިޔައީ 3:00 ހާއިރުއެވެ.

ޑޮކްޓަރަށް ދައްކަން ރައީސް ނަޝީދު މާލެ ގެނައިކަން ފުލުހުން ކަށަވަރު ކޮށްދެ އެވެ. ދުވަހަށް ކަށަވަރު ވެފައިވާގޮތުގައި ރައީސް ނަޝީދު މެޑިކާ ހޮސްޕިޓަލަށް ގެންދިޔައީ އެކްސްރޭއެއް ނެގުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް