ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ގެ ފުލުހުން ބަލާ ފާސްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.
ޓުވީޓާ މެދުވެރިކޮށް ނާޒިމްގެ ލީގަލް ޓީމުގެ ފަރާތުން ބުނީ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 01:45 ށް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
https://twitter.com/nazimlegalteam/status/570072898418798594
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ނާޒިމް ހައްޔަރު ކުރުމަށް ނެރުނު އަމުރާއި މުއްދަތު އިތުރު ކުރި އަމުރު އިސްތިއުނާފު ކުރުމުން އެ އަމުރުތަކަށް ހައިކޯޓުން ތާައީދު ކުރި ދުވަހު އެވެ. އެދުވަހު ނާޒިމްގެ ލީގަލް ޓީމުން ވަނީ އެ ދެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައި އެވެ.
ނާޒިމް ހައްޔަރުކޮށްފައިވަނީ ނާޒިމް ދިރިއުޅުއްވާގެއިން ފެނުނުކަމަށް ފުލުހުން ބުނާ ހަތިޔާރުތަކުގެ މައްސަލަ ތަހުގީގުކޮށް ނިންމާ ޕީޖީ އޮފީހަށް ފޮނުވި ފަހުންނެވެ.
އެ މައްސަލައިގަ ދައުލަތުން ވަނީ ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ މައްޗަށްވެސް ދައުވާ އުފުލާފައި އެވެ. އެ ދައުވާގެ ޝަރީއަތް މާދަމާއަށް ވަނީ ތާވަލްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް