އިންޓަނެޓް ހިދުމަތް ދެމުން އަންނަ ރާއްޖެ އޮންލައިން (އާރުއޯއެލް) އޮފީހުގެ ތިޖޫރި ވަގަށް ނަގައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހ.މާވަޑިއާގޭގެ ގްރައުންޑް ފްލޯގައި ހުންނަ އާރުއޯއެލް އޮފީހުން ތިޖޫރިއެއް ވަގަށްނެގި މައްސަލަ މިއަދު ހެނދުނު 06:15ގައި ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގާ އާރުއޯއެލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް