ހުޅުމާލޭގައި އުމުރުން 20 އަހަރުގެ އަންހެންކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 ހާއިރު ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހެޅުމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްސީލް އާންމު ނުކުރި ނަމަވެސް ދުވަހަށް މައުލޫމާތުލިބިފައިވާގޮތުގައި އެ އަންހެންކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ހުޅުމާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް