އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާއް ބޭއްވުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ނިންމައިފިއެވެ. އެންސީއޭ އިން ވަނީ މުބާރާތް ބޭއްވުމަށް އުސޫލު އާއްމުކޮށް، ...

24 Jan 2024 | 09:25

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާއް ބޭއްވުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ނިންމައިފިއެވެ.

އެންސީއޭ އިން ވަނީ މުބާރާތް ބޭއްވުމަށް އުސޫލު އާއްމުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިފަހަރުގެ މުބާރާތުގެ ތީމް އެއް ގޮތުގައި ކަނޑައަޅާފައިވަނީ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ތީމެއް ކަމަށް އެންސީއޭ އިން ބުންޏެވެ. އަދި އެ ތީމް އަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދާއި، ރާއްޖޭގެ ތާރީހާއި އާދަކާދައާއި ހިލާފު ނުވާ މުޖުތަމައުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމަކަށް ވެސް ވާން ޖެހޭނެ ކަމަށް އެންސީއޭ އިން ބުންޏެވެ.

އެންސީއޭ އިން ބުނީ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ބައި ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަކަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން ސަޕޯޓިން އެކްޓަރަކަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން ނިއު ކަމަރ އަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ 13:30 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް