ތިނަދޫ ކުނިކޮށީގައި ހަތަރު ފަހަރެއްގެ މަތިން ގަސްދުގައި ރޯކޮށްލާފައިވާތީ ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފި

ގދ.ތިނަދޫ ކުނިކޮށީގައި ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި 4 ފަހަރެއްގެ މަތިން ގަސްދުގައި ރޯކޮށްލާފައިވާތީ ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވެމްކޯއިން ބުނީ ކުނިކޮށީގައި ރޯކޮށްލުމަކީ ކުނިކޮށި ވަށައި...

24 Jan 2024 | 08:04

ގދ.ތިނަދޫ ކުނިކޮށީގައި ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި 4 ފަހަރެއްގެ މަތިން ގަސްދުގައި ރޯކޮށްލާފައިވާތީ ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވެމްކޯއިން ބުނީ ކުނިކޮށީގައި ރޯކޮށްލުމަކީ ކުނިކޮށި ވަށައިގެން ދިރިއުޅެމުންދާ އާއްމު ރައްޔިތުންނަށް ދުމާއި، ނުބައި ވަހުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަކަށް ވާއިރު، ރޯކޮށްފައިވާ އަލިފާންގަނޑު ނިއްވާލުމަށް ކޮންމެ ފަހަރަކު ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގައި އެދެންޖެހޭ ކަމަށެވެ.

ތަކުރާރުކޮށް ކުނިކޮށީގައި ރޯކޮށްލުމަކީ ވަކި މަގުސަދެއްގައި ކުރާ ކަމަކަށް ވިޔަސް، އެކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހެނީ އާއްމު ރައްޔިތުންނަށް ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އެފަދަ އަމަލެއް ތަކުރާރުވެދިޔަ ނުދިނުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން ކުނިކޮށި ބެލެހެއްޓުމުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް