މިއަދު ކޮވިޑަށް 2707 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު ކޮވިޑަށް 2707 މީހުން ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މާލެ ސަރަހައްދުން 1،420 މީހަކާއި އަތޮޅުތެރެއިން 761 މ...

24 Jan 2022 | 17:22

މިއަދު ކޮވިޑަށް 2707 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މާލެ ސަރަހައްދުން 1،420 މީހަކާއި އަތޮޅުތެރެއިން 761 މީހަކާއި ރިސޯޓުތަކުން 94 މީހަކާއި ސަފާރީތަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. ދެން އެންމެގިނަ މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އެއީ 2،484 މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ބަލިން ރަނގަޅުވީ 1،622 މީހެކެވެ. އެ އަދަދާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 104،542 އަށް ވަނީ އަރާފައެވެ.

15،721 މީހަކު މި ބައްޔަށް ފަރުވާދެމުން އަންނައިރު، ހޮސްޕިޓަލުތަކުގައި 52 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 270 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 252 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް