ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕޮޒިޓިވް ވިކަން މެންބަރު ހާމަކުރެއްވަމުން ވިސާމް ވިދާޅުވެފައިވަނީ ޕޮޒިޓިވް ވުމުން މިހާރު ހުންނެވީ އެކަހެރިވެގެން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާނެ ކަމަށެވެ.
ވިސާމް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެގެ ވަގުތެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ޕޮޒިޓިވް ވެފައިވެއެވެ. މިއަދުގެ ވަގުތެއްގައި މިނިސްޓަރު މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް