ކެޓްރީނާ ވިކީއާ ވަކިން ރާއްޖޭގައި !

މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް ރާއްޖެ އަތުވެއްޖެއެވެ. މިކަން އޭނާގެ އިންސްޓަގްރާމްގައި ވަނީ ހާމަކޮށްފައެވެ. އޭނާގެ އިންސްޓަގްރާމްގެ ޕޯސްޓެއްގައި ތިން ފޮޓޯއާއެކު ބ...

24 Jan 2022 | 12:13

މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް ރާއްޖެ އަތުވެއްޖެއެވެ.

މިކަން އޭނާގެ އިންސްޓަގްރާމްގައި ވަނީ ހާމަކޮށްފައެވެ.

އޭނާގެ އިންސްޓަގްރާމްގެ ޕޯސްޓެއްގައި ތިން ފޮޓޯއާއެކު ބުނެފައިވަނީ އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށާއި މިއީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ކެޓް ރާއްޖެ އައީ އަނެއްކާވެސް ފޮޓޯ ޝޫޓަކަށެވެ. މީގެ ކުރިންވެސް ކެޓް ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސްފައިވެއެވެ.

މިއީ ވިކީ އާއި ކެޓް ކައިވެނިކުރި ފަހުން ކެޓް އެކަނި ގައުމުން ބޭރަށް ދިޔަ ފުރަތަމަ ފަހަރެވެ.

https://www.instagram.com/p/CZGttQvPF0I/

ކެޓް ރާއްޖޭގައި ހުރި އިރު ވިކީވެސް މިވަނީ ކައިވެންޏާއި މާމުއި ހަނދުގެ ދުވަސްތަކަށްފަހު މަސައްކަތަށް ރުޖޫއަވެފައެވެ. މި ދެ ތަރިން މާމުއި ހަނދަށްވެސް ރާއްޖެ އައިސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް