އެންމެން ކައިވެނި ކުރާއިރު ސޮނާކްޝި މީހަކާ ނީންނަނީ ކީއްވެތޯ އެހުމުން ޖެހުނީ ކޯވިޑްގައި!

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހަ ކައިވެނި ނުކުރާޏިތޯ ސަޕޯޓަރަކު އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކޮށްފި އެވެ. އޭނާ ކުރިޔަށް ގެންދިޔަ އާސްކް މީ އެއްގައި މީހަކު ބުނެފައިވަނީ އެންމެން މީހުންނާއި ކައިވެ...

24 Jan 2022 | 11:10

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހަ ކައިވެނި ނުކުރާޏިތޯ ސަޕޯޓަރަކު އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކޮށްފި އެވެ.

އޭނާ ކުރިޔަށް ގެންދިޔަ އާސްކް މީ އެއްގައި މީހަކު ބުނެފައިވަނީ އެންމެން މީހުންނާއި ކައިވެނި ކުރަމުންދާއިރު ސޮނާކްޝީ މީހަކާ ނީންނަނީ ކީއްވެތޯ އެވެ. ޖަވާބުގައި ސޮނާކްޝީ ބުނީ އެންމެންނަން ކޯވިޑް ޖެހެމުންދާއިރު އޭނާއަށް ނުޖެހެނީ ކީއްވެތޯ ހިތަން ނާރާތޯ އެވެ.

މިދުވަސްވަރު ސޮނާކްޝީ ގެއިން ނުނުކުމެ ކަރަންޓީން ވެގެން ހުރި ކަމަށް އިންސްޓަގްރާމްގައި މީގެ ކުރިން ބުނެފައިވާތީ މީހަކު ވަނީ އޭނާ ކަރަންޓީން ވެގެން އުޅެނީ ކޯވިޑް ޖެހިގެންތޯ ސުވާލުކޮށްފަ އެވެ. ސޮނާކްޝީ ބުނީ ކޯވިޑް ނުޖެހޭ ކަމަށާއި އަބަދުވެސް ބޭނުންވަނީ ގޭތެރޭގައި ގިނަ އިރު އުޅޭ މީހެއްގެ ގޮތުގައި އުޅެން ކަމަށެވެ.

އާންމު ދިރިއުޅުމާއި ގުޅޭގޮތުން ސޮނާކްޝީ އާއި ސުވާލު ކޮށްގެން ހަބަރެއް ހަދާ ނުވަތަ ޖޯކު ޖަހާކަހަލަ މައުލޫމާތެއް ނުލިބޭނެކަން އެންމެން ގަބޫލު ކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާއަށް މަލާމާތް ކުރުމުގެ ގޮތުން ސުވާލެއް ކޮށްފި ނަމަ އެ ސުވާލެއްގެ ޖަވާބު ސޮނާކްޝީ ވަރަށް ފުރިހަމައަށްދީ ރައްދު ދޭނެ އެވެ.

ސޮނާކްޝީ އަކީ ފީނަށް ލޯބި ކުރާ މީހެކެވެ. އޭނާ އެންމެ ޗުއްޓީ ހޭދަ ކުރާ ހިތްވާ ގައުމަކީ ރާއްޖެ އެވެ.

އާންމުކޮށް އަހަރަކު ދެ ފަހަރު ވަރު އޭނާ އެކި ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން އެކަންޏާއި އެކުވެރިންނާއި އެކު އާދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް