ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އެޗްއީއޯސީ އިން ހޯދަނީ 10 މެޑިކަލް އޮފިސަރުންނާއި 60 ސާމްޕަލް ޓޭކަރުންނާއި 10 ސަޕޯޓް ސްޓާފުންނެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި ޖަނަވަރީ މަހު 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހަމަވާ އިރު، މިއީ ހަ މަސް ދުވަހުގެ މުއްދަތަށް ހޯދާ މުވައްޒަފުންނެވެ.
ސަޕޯޓް ސްޓާފުންނާއި ސާމްޕަލް ޓޭކަރުންނަށް މަހަކަށް 7،500 ރުފިޔާގެ މުސާރައެއް ދޭއިރު، މެޑިކަލް އޮފިސަރުންނަށް މަހަކަށް 24،240 ރުފިޔާގެ މުސާރައެއް ދެއެވެ.
މެޑިކަލް އޮފިސަރުން ހޯދަމުން ދަނީ ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަން ހަދާ، ބޭނުންވާ އިތުރު ފަރުވާ ފޯރުކޮށްދިނުމަށެވެ.
އޮމިކްރޯން ވޭރިއަންޓާއެކު ކޮވިޑްގެ ހާލަތު ގޯސްވެ، ކޮވިޑު ބައްޔަށް 14،636 މީހުން ޕޮޒިޓިވް ވެފައި މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 14،589 މީހުންނަކީ އަމިއްލަ ގޭގައި އައިސޮލޭޓް ވެގެން ތިބި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް