ހައްދުންމަތީ ފޮނަދޫ މޮނިޓަރިންގ އިން ނަގައިފިއެވެ.
އެ ރަށް މޮނިޓަރިންގ އިން ނަގާފައިވަނީ މިއަދުއެވެ.
ފޮނަދޫ މޮނިޓަރިންގ އަށް ލާފައިވަނީ މި ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
ރާއްޖޭގައި ކޮވިޑުގެ ހަތަރު ވަނަ ރާޅު، އޮމިކްރީން ވޭރިއަންޓާއެކު މުގުރާލާފައިވާ އިރު، އަތޮޅު ތެރޭގެ ގިނަ ރަށްތަކެއް އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ.
އެގޮތުން ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު އޮތީ މޮނިޓަރިންގ ގައެވެ. އަދި ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި ސިޓީ، ލ. ދަނބިދޫ ވެސް ވަނީ މޮނިޓަރިންގ ގައެވެ.
މީގެ އިތުރުން ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރީ އަދި ގދ. ތިނަދޫ ވެސް މިހާރުވަނީ މޮނިޓަރިންގ އަށް ލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް