ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށް ކަރުން އެޕާޓްމެންޓެއް ގަނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަންހެނުން ޓްވިންކަލް ކަންނާ އާއި ދެ ކުދިންނާއި އެކު އަކްޝޭގެ އާއިލާގެ ދިރިއުޅުން ވަރަށް އަވަހަށް އެތަނަށް ބަދަލު ކުރާނެ އެވެ. މިމަހުގެ ކުރީކޮޅު އަކްޝޭ އެޕާޓްމެންޓު ގަތްކަމަށްވަނީ 7.8 ކްރޯޑު އިންޑިއަން ރުޕީސް އަށެވެ.
1878 އަކަފޫޓުގެ އެޕާޓްމެންޓު ހުންނަނީ އެ އިމާރާތުގެ 19 ވަނަ ފަންގިފިލާގައި އެވެ. އަކްޝޭގެ އެޕާޓްމެންޓުން އެންމެ ބޮޑަށް މީހުންގެ ސަމާލުކަން ހުއްޓިފައިވަނީ ރީތި އިންޑިއާރިއާ ޑިޒައިންއަށެވެ.
ސޯޝަލް މީޑިއާގައި ދަނީ އަކްޝޭ ގޭގެ އެތެރޭގެ ޑިޒައިންކޮށްފައިވާ ގޮތުގެ ފޮޓޯތައް ދައުރުވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަކްޝޭ އެ އެޕާޓްމެންޓު ގަނެފައި މިވަނީ މިދިޔަ މަހު އޭނާގެ އޮފީސް ހިންގާ އިމާރާތް ވިއްކާލުމަށް ފަހު އެވެ. މުމްބާއީގެ ޖޫހޫގައި ހުންނަ އެ އޮފީސް އިމާރާތް އަކްޝޭ ވިއްކާލީ ނުވަ ކްރޯޑް އިންޑިއަން ރުޕީސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް