އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ނެރެފައިވާ "މަގޭ ރާއްޖެ ކަލަންޑަރު" ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެ ކުންފުނިން ވަނީ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ފޭސްބުކް އަދި ޓްވިޓަރ ގައެވެ.
ޓްވީޓުގައި ތިން އިޚްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ޚިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް އެދިފައިވާ އިރު، ރަނގަޅު ޖަވާބު ފޮނުވަންޖެހެނީ #OMMageyRaajje2022 ބޭނުން ކުރުމަށްފަހުއެވެ.
ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.
https://twitter.com/OoredooMaldives/status/1484136142840922112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1484136142840922112%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthiladhun.com%2F83289
އުރީދޫ އިން މިއަހަރުގެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ދިވެހި ކަނޑުތަކުގެ ތަފާތު ދިރުންތައް ދައްކުވައިދޭ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.
މި ކަލަންޑަރުގައި ހުންނަ ސްނެޕް ކޯޑް ސްކޭން ކޮށްލައިގެން އޯގްމެންޓަޑް ރިއާލިޓީން މި ދިރުންތައް ވެސް ބަލާލެވޭނެއެވެ.
މި ކަލަންޑަރުގައި ހިމެނޭ ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެއެވެ. އަދި ކަލަންޑަރު ބޭނުންކުރާ މީހުންނަށް އެ މަހަކަށް ޚާއްސަކޮށްފައިވާ ސަފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް އޮގްމެންޓެޑް ރިއަލިޓީ މެދުވެރުކޮށް ތަޖުރިބާ ކުރެވޭނެ އެވެ.
މީގެ އިތުރުން އޭއާރް ފީޗަރ ގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ ކޮންމެ މަހަކަށް ޚާއްސަ ކުރެވިފައިވާ ދިރުންތައް ތައްޔާރު ކުރެވޭ އޮރިގާމީ ކަރުދާހެއް ވެސް ވަނީ ކަލަންޑަރުގައި ހިމަނާފައެވެ.
މިއާއެކު ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް