ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމާއި ދަރިކަނބަލުން ލައިބާ އަހުމަދު މަހުލޫފު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ނަޒްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، ޕްރެސިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތަށް ވަޑައިގެން ރ. އަލިފުށީގައި ހުންނެވި މިނިސްޓަރ މަހްލޫފު ކޮވިޑަށް ޕޮޒިޓިވް ވި ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރައްވައެވެ. އަދި މިނިސްޓަރ މަހްލޫފު މާލެ ވަޑައިގެންނެވިކަމެއް ވެސް ހާމައެއް ނުކުރައްވައެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައި މިވަނީ އޮމިކްރޯން ވޭރިއަންޓާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް