ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޑިޕްލޮމާ ކޯހެއް އައްޑޫ ސިޓީގައި ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރ...

24 Jan 2022 | 09:06

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި ކޯހުގައި އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވަލް 5 ގެ ކޯހެކެވެ.

މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.

އައްޑޫ ސިޓީގައި ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޯހުގެ ހަތަރު ވަނަ ބުރު ފަށައިގެން ކުރިއަށްދާއިރު މި ކޯހުގެ ތިން ވަނަ ބުރު ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް