އަސާސި ބޭހުގެ އަގު ކޮންޓްރޯލް ކުރުން ފަސްކޮށްފި

އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން ފަސްކޮށްފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެލްތް މިނިސްޓްރީން ނެރުނު ގަވައިދުގައި ބުނެފައިވަނީ އަސާސި ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސ...

24 Jan 2022 | 08:38

އަސާސީ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުން ފަސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެލްތް މިނިސްޓްރީން ނެރުނު ގަވައިދުގައި ބުނެފައިވަނީ އަސާސި ބޭސްތައް ވިއްކޭނީ އެންމެ ބޮޑުވެގެން ކޮސްޓް ޕްރައިސްގެ 100 ޕަސެންޓަށްވާ އަގަށެވެ. އެ ގަވައިދަށް އަމަލު ކުރަން ކުރިން ނިންމާފައި އޮތީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ހެލްތް މިނިސްޓްރީން އެ ގަވައިދަށް ގެނައި އިސްލާހާއި އެކު އަސާސީ ބޭހުގެ އަގު ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާނީ އަންނަ މާޗު މަހުން ފެށިގެންނެވެ. އަސާސީ ބޭސްތަކުގެ ލިސްޓާއި އޭގެ އަގު އެ ދުވަހުން ފެށިގެން ސަރުކާރުން އާންމު ކުރަން ޖެހޭއިރު، ބޭސްތައް ވިއްކާ އަގުތައް ފާމަސީތަކުގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

މިދިޔަ ނޮވެމްބަރުގައި އާންމު ކުރި ގަވައިދުގައިވާގޮތުން އަސާސި ބޭހުގެ ގޮތުގައި ނުހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއްގެ އަގު ކޮންޓްރޯލް ކޮށްގެން ވިއްކަން ފަށާނީ މިއަހަރުގެ ޖުލައި މަހު އެވެ. މިނިސްޓްރީން މިއަދު ގެނައި އިސްލާހުގައި އެ ކަމަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް