ކޮންމެ ވަގުތެއްގައިވެސް ރަޝިޔާއިން ހަމަލާދީފާނެތީ އެމެރިކާ ރައްޔިތުން ޔޫކްރެއިނުން ފައިބަން އަންގައިފި

ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުންނާއި އެ ގައުމުގެ އެމްބަސީ މުވައްޒަފުންގެ އާއިލާތައް ޔޫކްރެއިން ދޫކޮށް ދިއުމަށް އަންގައިފި އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ...

24 Jan 2022 | 07:18

ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުންނާއި އެ ގައުމުގެ އެމްބަސީ މުވައްޒަފުންގެ އާއިލާތައް ޔޫކްރެއިން ދޫކޮށް ދިއުމަށް އަންގައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ޔޫކްރެއިން ބައިތިއްބާނީ އެމްބަސީ މުވައްޒަފުންގެ ތެރެއިން ކޮންމެހެން ތިބެންޖެހޭ މުވައްޒަފުން އެކަނި ކަމަށެވެ. އެހެން މުވައްޒަފުން ޔޫކްރެއިންއިން ފޭބުމާއި މެދު ވިސްނުމަށް އެދިފައިވެ އެވެ.

އެކަމަކު ސަރުކާޜުން އިސް ނަގައިގެން ފްލައިޓެއް ޗާޓަރު ކޮށްގެން އެމެރިކާ ރައްޔިތުން ޔޫކްރެއިން އިން ބޭލުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ބުންޏެވެ.

އެމެރިކާގެ ބަޔާނުގައި ބުނީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮންމެ ވަގުތެއްގައިވެސް ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާއެއް ދީފާނެ ކަމަށެވެ. އެމެރިކާގެ މި ތުހުމަތުތައް ރަޝިއާއިން ވަނީ ދޮގުކޮށްފަ އެވެ.

އެމެރިކާއިން ވަނީ ރަޝިއާ އާއި ޔޫކްރައިންއަށް ދަތުރު ނުކުރުމަށްވެސް އަންގާފަ އެވެ.

ހޫނު ވަމުންދާ ރަޝިއާ އާއި ޔޫކްރެއިން މަޝްރަހުގައި މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި ޔޫކްރެއިންގެ ޑޮންބަސް ރީޖަންގެ ރަޝިއާ ބޯޑަރު ސަރަހައްދުގައި 14،000 އަށްވުރެ ގިނަ މީހުން މަރާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް