މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް - މިއީ ރެކޯޑެއް

މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ. އެމްޓީސީސީގެ 41 އަހަރުވީ ތާރީޚުގައި ނުލިބޭ ވަރުގެ ފައިދާއެއް މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ...

24 Jan 2022 | 07:09

މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެމްޓީސީސީގެ 41 އަހަރުވީ ތާރީޚުގައި ނުލިބޭ ވަރުގެ ފައިދާއެއް މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން، އަހަރު ނިމުނުއިރު 224.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ.

މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު 15 ޕަސެންޓުގެ އިތުރުވުމަކަށްވާއިރު، އެ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 190.6 މިލިއަން ރުފިޔާއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2020 ގެ އަދަދަކީ 220.75 މިލިއަން ރުފިޔާއެވެ. 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބިފައިވާއިރު، އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 1.36 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ގިނަަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރުތަކާއި މަގުތަކާއި އެއަރޕޯޓްތައް ހެދުމާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް