ކޯވިޑް ނުރައްކާތެރި ހާލަތުގައި އޮތަސް، ހޮސްޕިޓަލާއި އައިސީޔޫގައި ފަރުވާދޭ އަދަދުން އަދި ހިތްހަމަ ޖެހުން!

ރާއްޖޭގެ ކޯވިޑް ނުރައްކާތެރި ހާލަތުގައި އޮތަސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުން ނުދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭގެ ތަފާސް ހިސ...

24 Jan 2022 | 06:49

ރާއްޖޭގެ ކޯވިޑް ނުރައްކާތެރި ހާލަތުގައި އޮތަސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރުވަމުން ނުދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް ކޯވިޑް ޖެހިގެން 14،636 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 47 މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރެއިން 35 މީހަކަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. 10 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ކޯވިޑަށް ހާއްސަ ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ.

އަތޮތެރޭގެ ފެސިލިޓީތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ބ. އޭދަފުށީގައި ހުންނަ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެކަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެނެވެ.

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުންދަނީ ހަތް މީހަކަށެވެ. އޭގެ ތެރެއިން ތިން މީހަކު އޮތީ ވެންޓިލޭޓަރުގައި އެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭގޮތުގައި އެޑްމިޓްކޮށްފަ ތިބި ހުރިހާ އެންމެންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. އޭގެ ތެރެއިން ބޫސްޓާ ޑޯޒު ނުޖަހާ ތިބީވެސް މަދު ބައެއް ކަމަށް ބުންޏެވެ.

މިހާރު އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހެމުން ދަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ މާލެއިން 1،268 މީހުންނަށް ކޯވިޑް ޖެހުނު އިރު އަތޮޅުތެރެއިން ބަލި ޖެހުނީ 728 މީހުންނަށެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 117،461 ށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް