ވެކްސިން ރިކޯޑުތައް ގަޑުބަޑުކޮށް ހަތަރު ކްލިނިކެއް ހިންގަމުން ދިޔަ ވަރުގަދަ ޑަކުޓަރެއްގެ މައްސަލަ ބަލަން ފަށައިފި

ސިންގަޕޫރުގައި ކޮވިޑް ވެކްސިން ރިކޯޑުތައް ގަޑުބަޑުކޮށް ހަތަރު ކްލިނިކެއް ހިންގަމުން ދިޔަ ވަރުގަދަ ޑަކުޓަރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. ބަލަން ފަށާފައިވަނީ ސިންގަޕޫރުގެ ބެޑޮކްގައި ހުންނަ ވަން މެޑ...

24 Jan 2022 | 06:47

ސިންގަޕޫރުގައި ކޮވިޑް ވެކްސިން ރިކޯޑުތައް ގަޑުބަޑުކޮށް ހަތަރު ކްލިނިކެއް ހިންގަމުން ދިޔަ ވަރުގަދަ ޑަކުޓަރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ބަލަން ފަށާފައިވަނީ ސިންގަޕޫރުގެ ބެޑޮކްގައި ހުންނަ ވަން މެޑިކަލް ކްލިނިކްގެ ޑަކުޓަރެއް ކަމުގައިވާ ޖިޕްސަން ކުއާހު  33އ ނަމަކަށް ކިޔާ ޑަކުޓަރެއްގެ މައްސަލައެެވެ.

އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ކުއާހުގެ މައްސަލަަ އެ މިނިސްޓްރީން ބަލަމުން އަންނައިރު  އޭނާ އާއި ގުޅުން ހުރި ހަތަރު ކްލިނިކެއް ސަސްޕެންޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އަދި އެންޓި-ވެކްސިން ގްރޫޕަކާއި ގުޅިގެން ހިންގާފައިވާ ކަންކަން ބަލަމުން އަންނަ ކަމުގައެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓްރީން ހާމަކުރާގޮތުގައި ކުއާހުގެ މައްސަލަ ބަލަމުން އަންނަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

ޖިޕްސަން ކުއާހު ވަނީ ވެކްސިންގެ ރިކޯޑުތައް އޮޅުވާލައި ވެކްސިން ފުރިހަމަ ނުކުރާ ފަރާތަތަކަށް ވެސް ވެކްސިންފުރިހަމަ ކުރި ކަމުގެ ރިކޯޑު ތައްޔާރުކޮށްފައެވެ.

ސަސްޕެންޑުކުރަން އެ ޤައުމުގެ ހެލްތް މިނިސްޓްރީން ނިންމާފައިވާ ހަތަރު ކްލިނިކަކީ ބެޑޮކްގައި ހުންނަ ވަން މެޑިކަލް ކްލިނިކް، ވުޑް ލޭންޑްސްގައި ހުންނަ މޭފެއާ މެޑިކަލް ކްލިނިކް، އަދި ޗޮންގް ޕަންގްގައި ހުންނަ މޭފެއާ މެޑިކަލް ކްލިނިކް، އަދި ޔިޝޫންގައިި ހުންނަ އޮންގް ކްލިނިކް އެންޑް ސަރޖަރީއެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓްރީން ވަނީ މި ކްލިނިކްތަކަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފައެވެ. އަދި ޑރ. ޖިޕްސަން ކުއާހުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުން އަންނަ ކަމުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް