ބޫސްޓަރ ޑޯޒު ނުޖަހާ މީހުންނަށް ދީފައިވާ ލުއިތައް ހަރުކަށި ކުރަން ވިސްނަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރާއްޖޭގެ "ދައުރު" އޮންލައިން ގައި ބުނެފައިވަނީ ކޮވިޑު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ ފަރާތްތައް އަދިވެސް މަދު ކަމަށެވެ. އެހެންވެ، އެ ޑޯޒް ޖަހަން ބާރު އެޅުމުގެ ގޮތުން ބައެއް ކަންކަން ތަންފީޒު ކުރަން ސަރުކާރުން މިހާރު ވިސްނަމުން އަންނަ ކަމަށެވެ.
އެގޮތުން ބޫސްޓަރ ޑޯޒް ނުޖަހާ ނަމަ ރަށްރަށަށް ދަތުރު ކުރާއިރު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހެދުމަށާއި ވަޒީފާ ނިކުތުމުގެ ކަންކަމުގައި ވެސް މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެނައުމަށް ވިސްނަމުންދާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.
އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑު ކޭސްތައް އިތުރުވެފައިވާ އިރު، މިހާތަނަށް މުޅި ރާއްޖެއިން ބޫސްޓަރ ޑޯޒް ޖަހާފައި ވަނީ 49،142 މީހުންނެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބޫސްޓާ ޑޯޒް ޖަހަނީ 2،600 އެއްހާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް