މާލެ ސަރަހައްދުގައި ގާޑިޔާ ޒާތުގެ ސްޓްރީޓް ފުޑް އައުޓެލްޓްސް ތައާރަފްކުރަން އުޅޭކަމުގެ އިޝާރާތެއް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދަ އިޝާރާތެއް ދެއްވީ ޒުވާނުންތަކެއް ޓްވިޓާގައި ދެއްކި މިފަދަ ވާހަކައެއްގެ ތްރެޑަކަށް ދެއްވި ރިޕްލައިއެއްގައެވެ.
އެ ތްރެޑްގައި ،މާލެއިން އަގުހެޔޮކޮށް ސާފު ސްޓްރީޓްފުޑްސް ލިބޭނީ ކޮންތާކުންތޯ މީހަކު ސުވާލުކޮށްފައިވެއެވެ. އެހެން މީހަކު ބުނެފައިވަނީ ގާޑިޔާތައް އަނބުރާ ގެންނަންޖެހޭ ކަމަށެވެ.
މި ތްރެޑަށް ރިޕްލައިދެއްވަމުން މުއިއްޒު ވިދާޅުވެފައިވަނީ މިފަދަ ކަމެއް އުޅެނީ އައުމުގެ މަގުމަތީގައި ކަމަށާއި ސަރުކާރުން ނުހުއްޓުވައިފިނަމަ ދާދި އަވަހަށް މިކަން ފެންނާނެ ކަމަށެވެ.
https://twitter.com/MMuizzu/status/1484573744933007360
ކުރީގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކަކީ ހަވީރުގަޑިއާއި ރޭގަނޑު ގަޑީގައި ދުއްވާލަން ނިކުންނަ ފަރާތްތައް ދުފާލާ، ކުރުނބާ ބޯލާ، މަޖާ ކާލަން މަޑުކޮށްލާ މަގްބޫލު ޕޮއިންޓްތަކެކެވެ. ފަހުން މިފަދަ ގާޑިޔާތަކެއް ހުރީ ވެސްޓްޕާކް ސަރަހައްދުގައެވެ. އަދި ދާދި ފަހަކާ ޖެހެންދެން މިފަދަ އެއް ގާޑިޔާ އާ ސަަހަރާގެ ބިއްދޮށުން އޮންނަ މަގުގައި އޮޕަރޭޓް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް