ރިތިކް އާއި އެކު ދައްތަގެ އުފަންދުވަސް ފާހަަގަކުރަން ކުރީގެ އަންހެނުން ބައިވެރިވެއްޖެ

ބޮލީވުޑްގެ ސްޕަރ ސްޓާރ ރިތިކް ރޯޝަންގެ ދައްތަގެ އުފަންދުވަސް ފާހަގަކުރުމަށް ކުރީގެ އަންހެނުން ސުޒޭން ޚާން ރިތިކާއި އެކު ބައިވެރިވެއްޖެއެވެ. ރިތިކްގެ ދައްތަ ސުނޭނާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް...

24 Jan 2022 | 05:51

ބޮލީވުޑްގެ ސްޕަރ ސްޓާރ ރިތިކް ރޯޝަންގެ ދައްތަގެ އުފަންދުވަސް ފާހަގަކުރުމަށް ކުރީގެ އަންހެނުން ސުޒޭން ޚާން ރިތިކާއި އެކު ބައިވެރިވެއްޖެއެވެ.

ރިތިކްގެ ދައްތަ ސުނޭނާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެ ރިތިކް އާއި އެކު ސުޒޭން ބައިވެރިވެފައި ވެއެވެ.

އަދި އެ ވަގުތުކޮޅުގެ ފޮޓޯތައް ސުޒޭންގެ އިންސްޓަގްރާމްގައި ހިއްސާކޮށް ރިތިކްގެ ޢާއިލާއާ އެކު އޮންނަ ގުޅުމަކީ އަބަދަށް ގުޅިފައިވާ ވަރުގަދަ ގުޅުމެއް ކަމުގައި ބުނެފައި ވެއެވެ.

ރިތިކްގެ އެއްބަނޑު އެއްބަފާ ދައްތަ ސުނޭނާ ރޯޝަންގެ އުފަންދުވަހުގެ މުނާސަބަތުގައި ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން ބައިވެރިވެފައި ވާއިރު މިއިން ދައްކުވައިދެނީ އެމީހުންގެ ކައިވެނި ނިމުމަކަށް އަޔަސް ރިތިކްގެ އާއިލާއާ އެކު ސުޒޭން ބަދަހި ގުޅުމެއް އޮންނަކަމެވެ.

ރިތިކާއި ސުޒޭންގެ ކައިވެންޏަށް ދެފިރިހެން ދަރިން ލިބިފައިވާއިރު މި ދެމީހުން ފާހަގަ ކުރެވެނީ ދަރިންގެ ކަންކަމުގައި އަބަދުވެސް އެކުގައި މަޝްވަރާކޮށް ވަގުތު ހޭދަކުރާ ދެމީހުންގެ ގޮތުގައެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން އިންޑިއާ ބަންދުކުރި ދުވަސްވަރު ކުދިންގެ ކަންތައްތައް ކޮށްދިނުމަށް ސުޒޭން އާއި ރިތިކް އުޅެފައިވަނީ ދަރިންނާއި އެކު އެއްގެއެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް