ޕްރިމިއާ ލީގު: ލިވަޕޫލް ފަސޭހަ މޮޅެއް ހޯދިއިރު، އާސެނަލް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުންތަކުން ލިވަޕޫލުން ކްރިސްޓަލް ޕެލަސް އަތުން ފަސޭހަ ކަމާއި އެކު މޮޅުވި އިރު، ބާންލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު  އެއްވަރުވެއްޖެއެވެ. ލީގުގައި ރޭ ރަށުން...

24 Jan 2022 | 05:39

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުންތަކުން ލިވަޕޫލުން ކްރިސްޓަލް ޕެލަސް އަތުން ފަސޭހަ ކަމާއި އެކު މޮޅުވި އިރު، ބާންލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު  އެއްވަރުވެއްޖެއެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި އާސެނަލް އާއި ބާންލީ ވާދަކުރި މެޗު އެއްވަރުވެގައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި 0-0 ހެ ނަތީޖާއިންނެވެ.

ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ނުވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ޑިފެންޑަރ ވެން ޑައިކްއެވެ. ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޗެމްބަލައިންއެވެ.

ދެ ލަނޑުހެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލިއިރު، ފަހު ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ޕެލަސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕެލަސްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އެޑޮއާޑްއެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު އެޓީމުން ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފަބީނިއޯއެވެ.

އާސެންލަ އަދި ބާންލީ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮވެ ނިމުނުއިރު، ދެޓީމަށްވެސް ވަނީ މި މެޗުގައި ލަނޑު ޖަހަން ފުރުސަތު ލިބިފައެވެ. ނަމަވެސް މީގެ އެއްވެސް ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ހިފޭގޮތް ވަނީ ނުވެފައެވެ. ދެޓީމު އެއްވަރެއްގައި އޮވެ މެޗު ނިމުނުއިރު، މި މެޗުން މޮޅުވެގެން އާސެނަލް އަށް ހަތަރު ވަނާގައި އޮތް ޔުނައިޓެޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކުރުމުގެ ފުރުސަތު އެޓީމަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން އާސެނަލް ވަނީ ތާވަލްގެ ހަ ވަނައަށް ވެއްޓިފައެވެ.

ރޭގެ މި ނަތިޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. ރޭ ބާންލީއާއި އެއްވަރުވި އާސެނަލް އޮތީ ކުޅުނު 21 މެޗުން ލިބުނު 36 ޕޮއިންޓާއި އެކު ތާވަލްގެ ހަވަނާގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް