ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 09 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.
ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ޚާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.
ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއަހަރު ބޭންކުން ސެން ކްލާސްތަކަށް މި ތަކެތި ހަދިޔާ ކޮށްފައިމިވަނީ 'އިންޓަރނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން' ފާހަގަ ކުރަމުންދާ ދުވަހުގައެވެ.
ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ
- ށ. ފުނަދޫ ސްކޫލު
- މޭނާ ސްކޫލް، ނ. ހޮޅުދޫ
- މަދްރަސަތުލް އިފްތިތާޙް، ޅ. ނައިފަރު
- ކ. ގުރައިދޫ ސްކޫލް
- އއ. އުކުޅަސް ސްކޫލް
- އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ
- އިހައްދޫ ސްކޫލް، ލ.ގަން
- ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
- ގދ. މަޑަވެލި ސްކޫލް
މިވޭތުވެދިޔަ ދެއަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް