ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީވެ، ގދ. މަޑަވެއްޔަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
މަޑަވެއްޔަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު އެރަށު ހެލްތް ސެންޓަރުން ނެރެފައިވާ އަދާހަމަ އިން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 22 މީހަކު އެ ރަށުގައި ތިބިއިރު އައިސޮލޭޝަންގައި އެކަކު އެބަހުއްޓެވެ.
މަޑަވެލި މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު މިއަދާއި ހަމައަށް 26 ރަށެއްގައި މޮނީޓަރިންގެ ހާލަތު މިވަނީ އިއުލާނުކޮށްފައެވެ.
އޮމިކްރޯން ވޭރިއަންޓާއެކު ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވީނަމަވެސް މި ވޭރިއަންޓުގައި ބޮޑުވަރުވާލެއް ކުޑައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ޕޮޒިޓިވް ވާ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު ހާލަތު ގޯސްވެދާނެކަމަށް އަންދާޒާ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް