ގދ. ތިނަދުއާއި ކުޑަފަރީ ވެސް މޮނީޓަރިންގ ހާލަތަށް ގެންގޮސްފިއެވެެ.
މި ދެ ރަށް މޮނީޓަރިން ހާލަތަށް ގެންދިއުމާއެކު ކޮވިޑާއި ގުޅިގެން މިވަގުތު މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ރަށްތަކުގެ އަދަދު މިވަނީ 25 އަށް އަރާފައެވެ.
އެއީ:
- ކ. މާފުށި
- ހއ. އިހަވަންދޫ
- ހދ. ނެއްލައިދޫ
- ލ. ފޮނަދޫ
- ހދ. ނޮޅިވަރަމްފަރު
- ށ. ފުނަދޫ
- ބ. ދަރަވަންދޫ
- ދ. ބަނޑިދޫ
- ލ. ގަން
- ގދ. ގައްދޫ
- ރ. އުނގޫފާރު
- ހދ. ހަނިމާދޫ
- ކ. ގުރައިދޫ
- ބ. އޭދަފުށި
- ހއ. ދިއްދޫ
- ތ. ގުރައިދޫ
- ބ. ގޮއިދޫ
- ޅ. ކުރެންދޫ
- ހދ. ކުޅުދުއްފުށި
- ލ. ދަނބިދޫ
- ލ. ހިތަދޫ
- ށ. ކަނޑިތީމު
- ވ. ކެޔޮދޫ
- ނ. ކުޑަފަރީ
- ގދ. ތިނަދޫ
ޖުމްލަ 25 ރަށެއް މޮނީޓަރިންގ ހާލަަތަށް ގެންގޮސްފައިވާއިރު އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 2400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ކޮވިޑު އަންނަނީ ފެތުރެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް