ކޮވިޑުގެ އެކްޓިވް ކޭސް އެންމެ ގިނައީ އައްޑޫ ސިޓީ ހިތަދޫގައި، ދެވަނައިގާ ފުވައްމުލައް ސިޓީ

ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އެންމެ ފަހުގެ ތަފްސީލް އެޗްއީއޯސީން ނޫސްވެރިންނާއި ހިއްސާކޮށްފިއެވެ. މިއަދު ހިއްސާކުރި ތާޒާ މި މައުލޫމާތުތަކަަށް ބަލާއިރު މިވަގުތު މާލެ ސިޓީފިޔަވައި އެކްޓިވް ކޭސްތައް އެން...

24 Jan 2022 | 01:53

ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އެންމެ ފަހުގެ ތަފްސީލް އެޗްއީއޯސީން ނޫސްވެރިންނާއި ހިއްސާކޮށްފިއެވެ.

މިއަދު ހިއްސާކުރި ތާޒާ މި މައުލޫމާތުތަކަަށް ބަލާއިރު މިވަގުތު މާލެ ސިޓީފިޔަވައި އެކްޓިވް ކޭސްތައް އެންމެ ގިނައީ އައްޑޫ ސިޓީ ހިތަދޫގައެވެ. އެއީ ޖުމްލަ 275 ކޭސްއެވެ. އޭގެ ތެރޭގައި ހިމެނެނީ 244 ދިވެހިންނާއި 31 ބިދޭސީންނެވެ.

ލިސްޓުގެ ދެވަަނައިގާ އޮތީ ފުވައްމުލައް ސިޓީއެވެ. ފުވައްމުލައް ސިޓީގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 203 އެވެ. އެއީ 192 ދިވެހިންނާއި 11 ބިދޭސީންނެވެ.

ތިންވަނައަށް ކޮވިޑުގެ އެކްޓިވް ކޭސް އެންމެ ގިނައީ ކުޅުދުއްފުށި ސިޓީގައެވެ. އެއީ 181 ކޭސް އެވެ. އެއީ 177 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އެކްޓިވް ކޭސްތައް އެންމެ ގިނަ އަތޮޅަކީ އައްޑޫ ސިޓީ އެވެ. އެގޮތުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭހެން ޖުމްލަ އަދަދަށް ބަލާލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 654 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް