ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. ދިވެހިރާއްޖޭގައިވެސް މިފަދަ ނިޝާނެއް ހެދުމަށް އެމްއެމްއޭ އިން ވަނީ ނިންމާފައި ކަމުގައި ބުނެފައިވެއެވެ.
"މި މުބާރާތަށް ހުށަހަޅާ ހުށަހެޅުންގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރ ގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 21 ފެބުރުވަރީއެވެ. " އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވުނު މުހިއްމު ފުރުސަތެއް ކަމުގައި އެ އޮތޯރިޓީން ގަބޫލު ކުރާ ކަމަށާއި މި މުބާރާތުގެ އިތުރު މައުލޫމާތު މި ލިންކް () އިން ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް