1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އުފަންވި ރޮބާޓް ވަޑްލޯ އަކީ މިހާތަނަށް ދުނިޔޭގައި ދިރިއުޅުނު މީހުންގެ ތެރެއިންވެސް އެންމެ ދިގު މީހާގެ ރެކޯޑް ލިބިފައިވާ މީހާއެވެ.
އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ރޮބާޓް ގެ ދިގުމިނުގައި 8 ފޫޓު 11 އިންޗި ހުންނަ ކަމުގައިވެއެވެ. އެއީ ސެންޓިމީޓާ އިން ބަލާނަމަ 272 ސެންޓިމީޓާއެވެ.
އަދި މީނާގެ ބަރުދަނުގައި 199 ކިލޯ ގްރާމް ހުންނަ ކަމުގައިވެއެވެ.
1940 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރޮބާޓް މަރުވިއިރުގައި އޭނާގެ އުމުރުން އެންމެ 22 އަހަރެވެ.
ރޮބާޓް މަރުވީ އޭނާގެ ދިގުމިން ބަލައި އޭނާއަށް އެންމެ ދިގު މީހާ ކަމުގެ ލަޤަބު ލިބުނުތާ އެންމެ 18 ދުވަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް