ކޯވިޑް-19 އަށް މިއަދު 108 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެ ސަރަހައްދުން ޕޮސިޓިވްވެފައިވަނީ 79 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 23 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ފަސް މީހުންނާއި ސަފާރީތަކުން މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،256 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،086 މީހުންނަށެވެ. އޭގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،823 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު މިއަދު މަރުވެފައިވެ އެވެ. މިއާއި އެކު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 14،993 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް