އެވަކާޑޯ
ބޭނުން ނުކޮށް އޮއްވައި އެވަކާޑޯ ނުބައިވީ ހެއްޔެވެ. ހާސް ނުވާށެވެ. އެވަކާޑޯ ފާވިޔަސް ކެއުމުގެ ބަދަލުގައި އެހެން ކަންކަމަށްވެސް ބޭނުންކުރެވޭނެއެވެ. އެވަކާޑޯކޮޅު ބްލެންޑް ކޮށްލުމަށް ފަހުގައި ހަރުވެފައިވާ އިސްތަށިގަނޑުގައި އުނގުޅާށެވެ. އަދި މަދުވެގެން 6 ގަޑިއިރު ބެހެއްޓުމަށް ފަހުގައި ދޮވެލާށެވެ. ކޮންޑިޝަނާ އަކަށްވުރެން މާ ފުރިހަމަވާނެއެވެ.
ފޭސް މާސްކް
މުއްދަތު ހަމަވެފައިވާ ފޭސް މާސްކަކީވެސް ހަމަ ވަރަށް ބޭނުންތެރި އެއްޗެކެވެ. މޫނުގައި ބޭނުން ނުކުރެވުނު ނަމަވެސް ހަރުވެފައި ހުންނަ ފައިގައި މިފަދަ މާސްކް ބޭނުންކުރުމުން ފައިގެ ހަންގަނޑު މަޑުވެއެވެ.
ޝޭވިންގް ކްރީމް
ޝޭވިންގް ކްރީމްވެސް މުއްދަތު ހަމަވުމުން އުކާނުލާށެވެ. ޓޫތްޕިކްއެއްގެ އެހީގައި މި ކްރީމް ނިޔަފަތީގައި ހާކާލާށެވެ. ނިޔަފަތިތަށް އޮމާންވެފައި ތަތްލަވާފައި ހުންނަ ހަޑިތައް ނައްޓާލައިގެން ދާނެއެވެ.
ދަތްއުނގުޅާ ބޭސް
ދަތް އުނގުޅާ ބޭހުން ފާރުގައި ހޭކިފައި ހުންނަ ކްރެޔަންސް ފަދަ ތަކެތިގެ ކުލަ ފިލުވާލަދެއެވެ. ހަމަ އެހެންމެ ބުށްފުޅި ދޮންނަންވެސް މި ބޭނުންކުރުމުން އޭގައި ހުންނަ ވަސްތައް ފިލައެވެ.
އައި ލައިނާ ނުވަތަ ލިޕް ލައިނާ
އައި ލައިނާ އަދި ލިޕް ލައިނާގެ މުއްދަތު ހަމަވެފައިވާނަމަ ފޮތެއްގައި ކުލަޖައްސަންވެސް ބޭނުންކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް