ކާލީ ޕީލީގެ ތަރި އަނަންޔާ ޕާންޑޭ ކުރަތްޕެއް ކާލީތަ!؟

ކާލީ ޕީލީގެ ތަރި، ބޮލީވުޑް ބަތޮލާ އަނަންޔާ ޕާންޑޭ ކުރަތްޕެއް އަނގަޔަށް ލާން އުޅެމުން ނަގާފައިވާ ފޮޓޯއެއް ވައިރަލް ވެއްޖެއެވެ. މި ފޮޓޯއަކީ އަނަންޔާ އޭނާގެ ސޯޅަވަރަކަށް މިލިޔަން ފޭނުންނަށް އިންސްޓަގްރާމ...

24 Jan 2021 | 13:02

ކާލީ ޕީލީގެ ތަރި، ބޮލީވުޑް ބަތޮލާ އަނަންޔާ ޕާންޑޭ ކުރަތްޕެއް އަނގަޔަށް ލާން އުޅެމުން ނަގާފައިވާ ފޮޓޯއެއް ވައިރަލް ވެއްޖެއެވެ.

މި ފޮޓޯއަކީ އަނަންޔާ އޭނާގެ ސޯޅަވަރަކަށް މިލިޔަން ފޭނުންނަށް އިންސްޓަގްރާމްގައި ދޫކޮށްލި ފޮޓޯއެކެވެ.

ކެޕްޝަނުގައި އަނަންޔާ ބުނެފައިވަނީ ކުރަން ކުރަތްޕަށް ކުރަން މިއުޅެނީ ކީއްކަން ދޮގަކާ ނުލާ ބުނެދީފާނަން! ކަމަށެވެ. ދެން އެދިފައިވަނީ އިންޑިއާ ގަޑިން މިރޭ 8:00ގައި ޕްރިމިއަރ ކުރާ ކާލީ ޕީލީގެ ޕްރިމިއަރ ޒީ ސިނެމާ މެދުވެރިކޮށް ބެލުމަށެވެ.

އިތުރަށް ބުނެފައިވަނީ މި މަންޒަރު ނެގުމުގައި އެއްވެސް ޖަނަވާރަކަށް އަނިޔާއެއް ދީފައިނުވާނެ ކަމަށެވެ.

ފިލްމު ކާލީ ޕީލީ އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމު މިރޭ ޒީ ސިނެމާގައި ޓީވީ ޕްރިމިއަރ ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް