ފިނޮޅު ހަލާކުކުރަން އުޅުނު ޖީއެމް ފުރުން މަނާކޮށްފި

ހިންމަފުށި ކައިރީގައޮ އޮތް ފިނޮޅު ހަލާކުކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރާ މައްސަލައިގާ ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެން...

24 Jan 2021 | 12:44

ހިންމަފުށި ކައިރީގައޮ އޮތް ފިނޮޅު ހަލާކުކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރާ މައްސަލައިގާ ގިލިލަންކަންފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާއި ގުޅިގެން ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ޖެނެރަލް މެނޭޖަރ ފުރުން މަނާކުރުމުގެ އަމުރު ލިބުމާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ވާނީ އެކަން ހިއްސާ ކުރެވިފައި" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުންނާއި އީޕީއޭ ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް