ފޯކައިދޫ ސްކޫލް 12 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް އަޅަން ހަވާލުކޮށްފި

ށ. ފޯކައިދޫ ސްކޫލްގައި 12 ކްލާސް ރޫމަާއި މަލްޓި ޕާޕަސް ހޯލެއް އަޅަން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ...

24 Jan 2021 | 12:18

ށ. ފޯކައިދޫ ސްކޫލްގައި 12 ކްލާސް ރޫމަާއި މަލްޓި ޕާޕަސް ހޯލެއް އަޅަން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.

މިއީ 2020 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 17.9 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއު ނިމޭއިރު އެ ސްކޫލްގައި 12 ކްލާސް ރޫމުގެ އިތުރުން ޕަލްޓީ ޕާޕަސް ހޯލާއި އެކު ދެ ބުރި އިމާރާތެއް އަޅާނެ އެވެ. މި މަސައްކަތް އެކުންފުނިން ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންގޮސްފިނަމަ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް ނިންމައި މި އިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް