ހަކުރަކީ ތި ހީކުރާ ވަރަށްވުރެން ގެއްލުން ހުރި އެއްޗެއް- މިއީ ހަކުރު ބޭނުންކުރުން ހުއްޓާލުމުން ވާގޮތް

މާބަނޑުވާން ފަސޭހަވުން ހަކުރަކީ އޭގެން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެކެވެ. އެހެން ނަމަވެސް ހަކުރު ބޭނުންކުރާ މިންވަރު އިތުރުވާނަމަ މާބަނޑުވުމަށް ހުރަސްއެޅެއެވެ. އެގޮތުން ހަކުރު ބޭނުންކުރުން އެއް...

24 Jan 2021 | 12:12

މާބަނޑުވާން ފަސޭހަވުން

ހަކުރަކީ އޭގެން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އެއްޗެކެވެ. އެހެން ނަމަވެސް ހަކުރު ބޭނުންކުރާ މިންވަރު އިތުރުވާނަމަ މާބަނޑުވުމަށް ހުރަސްއެޅެއެވެ. އެގޮތުން ހަކުރު ބޭނުންކުރުން އެއްކޮށް ހުއްޓާލުމުން މާބަނޑުވުމަށް ހޯމޯންސްތައް ތައްޔާރުވެ ބިސް އުފައްދާ މިންވަރު އިތުރުވެއެވެ.

އަބަދު ބަނޑުހައި ނުވުން

ހަކުރަކީ އެ ބޭނުންކުރުމުގެ ސަބަބުން ސިކުނޑިއަށް އޭގެން އަސަރުކުރާ އެއްޗެކެވެ. އެހެން ކަމުން ހަކުރު ބޭނުންކުރާ މިންވަރު އިތުރު ނަމަ ކެވުމަށް ދެވިހިފާ އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ދަތިވެއެވެ. އެގޮތުން ކެލޮރީސް ގިނައިން އެކުލެވޭ ބާވަތްތައް ގިނައިން ކާހިތްވުމާއި މާ ގިނައިން ކެއުން ހިމެނެއެވެ.

ހިތްހަމަޖެހުމާ އުފާވެރިކަން ލިބުން

ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ހަކުރު ހިމެނޭ ބާވަތްތައް ކާނަމަ ޑިޕްރެޝަންއަށް މަގުފަހި ކުރުވައެވެ. އެހެން ކަމުން އަވަސް އަވަހަށް މީހާގެ މޫޑު ބަދަލުވުމާއި ދެރަވެ މާޔޫސްވުން ފަދަ ކަންތައްތައް އިތުރުވެއެވެ.

އިސްތަށި ފޭބުން ހުއްޓުވާ

ދިރާސާތަކުން ދައްކާގޮތުގައި ހަކުރު ބޭނުންކުރާ މިންވަރު އެއްކޮށް ހުއްޓާލުމުން ބޮލުގެ އިސްތަށިގަނޑު ބޯވެ އިސްތަށިތައް ވަރުގަދަވެއެވެ. އެއީ ހަކުރުގެ ސަބަބުން ބޮލުގައި ހަންފޮޅުމާއި އިސްތަށި ފޭބުން ކަންކަން ދިމާވުމަށް މަގުފަހި ކުރުވާތީއެވެ.

ދިފާއީ ނިޒާމު ބާރުގަދަވުން

ހަކުރު ބޭނުންކުރާ މިންވަރު އިތުރު ނަމަ ހަކުރު މަތިވެ ދިފާއީ ނިޒާމުގެ ބާރު 40 އިންސައްތައަށް ދައްކޮށްލާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް