ދިވެހިން އުމްރާ ވުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަދީފި، ކަރަންޓީން ވާންޖެހެނީ ތިން ދުވަހު

ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތް ތަކެއް ހަމަޖައްސައި ދިނުމަށް ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާއި ދެމެދު އެއްބަސްވެއްޖެ އެވެ. މިކަމާއި ގުޅޭ އެއްބަސްވުމަކަށް އައީ ފޮރިން މިނިސްޓަރު...

24 Jan 2021 | 11:41

ރާއްޖެއިން އުމްރާއަށް ދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތް ތަކެއް ހަމަޖައްސައި ދިނުމަށް ސައުދީ އަރަބިއްޔާ އާއި ރާއްޖެ އާއި ދެމެދު އެއްބަސްވެއްޖެ އެވެ.

މިކަމާއި ގުޅޭ އެއްބަސްވުމަކަށް އައީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސައުދީގެ ފޮރިން މިނިސްޓަރާއި ސަރުކާރާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެވެ.

މި ބައްދަލުވުމުގައ ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ އުމްރާވުމުގައި ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ހަ ކަމަކަށް އެއްބަސްވެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ

1- އުމްރާއަށް ދާ މީހުން ތިބެން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހު ކަރަންޓީން ވުން

2- ރާއްޖޭގައި ހުއްދަ ދީފައިވަނީ ލެބޯޓަރީއަކުން ހައްދާފައިވާ 72 ގަޑިއިރު ނުވާ ކޯވިޑް-19 ޕީސީއާ ނެގެޓިވް ޓެސްޓުގެ ނަތީޖާއެއް ގެންދިޔުން

3- ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް އުމްރާ ގްރޫޕުތައް މެދުވެރިކޮށް ރިޒަވޭޝަން ހެއްދުން

4- އުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާއި އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން

5- ކޯވިޑްގެ ހާއްސަ ހާލަތުގައި އުމްރާއަށް ދެވޭނީ އުމުރުން 18-50 އަހަރާއި ދެމެދުގެ މީހުންނަށް

6- ސައުދީއަށް އެތެރެވާ ވަގުތުން ފެށިގެން އުމްރާގެ އަޅުކަން ނިންމައި ފުރަންދެން ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރުން

އިތުރަށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ކޯވިޑްގެ ހާއްސަ ޙާލަތާއި ގުޅިގެން ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް